އެމްއާރުއެމް އުފައްދަން ހުށަހަޅައިފި

ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާ އައު ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފައްން އިލެކްޝަންސް ކޮމިޝަން (އީސީ) ހުށަހަޅުއްވައިފިއެވެ.

މަޢުމޫން ރިފޯމް މޫވްމަންޓުން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، މަޢުމޫން އިސްވެ ހުންނަވާ ހުފައްދާ އައު ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ރައީސް މަޢުމޫން އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ވޭތުވެދިޔަ މަނަވަރީ މަހުގެ ތެރޭގައި ނިންމެވީ ޕީޕީއެމްގެ ކޮންގްރެސް ޞައްޚަކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ހުކުމް ކުރެއްވުމާ ގުޅިގެންނެވެ. އެ ހުކުމުގެ ފަހުން ޕީޕީއެމްގެ މިލްކުވެރިކަމާ ބެހޭ މައްސަލަތައްވެސް ސްޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

ދޮށީ އުމުރުފުޅުގައިވެސް ސިޔާސީ މައިދާނުގައި ވަރުގަދަ ކަމާއެކު ހުންނެވި މަޢުމޫން މީގެ ކުރިން ދެ ޕާޓީއެއް އުފައްދަވާފައިވެއެވެ. އޭގެ ތެރޭގައި ޑީއާރުޕީ އައި ޕީޕީއެމް ހިމެނެއެވެ.

ރައީސް މަޢުމޫން އާ ޕާޓީއެއް އުފައްދަން ނިންމެވިއިރު އެމަނިކުފާނަކީ މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ