ހާލުދެރަ ދޮށީ އުމުރުގެ މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މިއަދު މެންދުރުފަހު 14:40 ގައި އެމްއެންޑީއެފް ހެކިކޮޕްޓަރުގައި މާލެ ގެނެސްފައިވަނީ ގދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ހާލުދެރަ، 56 އަހަރުގެ ބަލިމީހެއް ކަމަށެވެ.
"ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 56 އަހަރުގެ އަންހެނަކު ޞިއްޙީ އިތުރު އަވަސް ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ސިޓީއަށް ގެނައީ މެންދުރުފަހު 14:40 ގައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ހެލިކޮޕްޓަރުގައި ހާލުދެރަ ބަލިމީހަކު މާލެ ގެނައިއިރު، އިންޑިއާ އިން ހަދިޔާކުރި މި ހެލިކޮޕްޓަރު އާއްމުކޮށް ބޭނުންކުރަމުން އަންނަނީ މިފަދަ އަވަސް ފަރުވާއަށް ބަލި މީހުން ގެނައުން ފަދަ އޮފަރޭޝަންތަކުގައެވެ.