ދިވެހިރާއްޖޭގައި އަވަށްޓެރި އިންޑިއާ ސިފައިން ޤާއިމުވެ ތިބުމާއި، ލާދީނިއްޔަތާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން އިދިކޮޅު ވަރުގަދަ އެއް ލީޑަރު ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު މަސައްކަތް ފައްޓަވައިފިއެވެ.
"ފެށުމަށް" ކަށަވަރު ވެފައިވާ ގޮތުގައި މިރޭ 09:30 ގައި ދަރުބާރުގޭ ބިއްލޫރި މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަކީ، އުމަރު ނަސީރު އިސްވެ ހުންނަވައި، އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމާއި، ލާދީނީ މީހުން އިސްލާމް ދީނަށް ކުރާ ފުރައްސާރަ ތަކާމެދު ކަންބޮޑުވާ ފަރާތްތަކާއި އެކުގައި ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ، އެ ބައްދަލުވުމަކީ މީޑިއާ ނުވައްދާ ކުރިއަށްދާ، ސީނިއާ ބޭފުޅުންގެ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމަށް 100 އެއްހާ މީހުނަށް ދައުވަތު އަރުވާފައިވާއިރު، މި ބައްދަލުވުމުގައި ނިންމުންތަކެއް ނިންމާނެ ކަމަށްވެސް ބެލެވެއެވެ.
"މިއީ އަދި ހަރަކާތެއް ނޫން، މިއީ ކްލޯސްޑްކޮށް މީޑިއާ ނުވައްދާ ބާއްވާ އިވެންޓެއް. މި ބައްދަލުވުމުގައި މަސައްކަތް ކުރަންވީ ގޮތެއް ނިންމާނަން. އަޅުގަނޑާ އެއްކޮށް މިކަމުގައި މަޝްވަރާކޮށް ކަންބޮޑުވާ 100 އެއްހާ ފަރާތްތަކަށް ދައުވަތު ދެވިފައިވަނީ." އުމަރު ނަސީރު "ފެށުމަށް" ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބޭ މައްސަލައާއި، ލާދީނީ މީހުން ފާޅުގައި ހަރަކާތްތެރިވާ މައްސަލައަކީ ދިވެހިން ކަންބޮޑުވާ ދެ މައްސަލައެވެ.
ހިޔާލު
sabahey umara…madun thibejjiya airport GMR ah 2rf vikki gotah mi gaumuves vikkalane
ކޮމެންޓް ކުރުން ބަންދު