އޮސްޓްރޭލިއާގެ ޕާލަމެންޓް ކޮމްޕިއުޓަރ ވިއުގަ ހެކްކުރުމަށް ބަޔަކު މަސައްކަތްކޮށްފައި ވާތީވެ އެމައްސަލަ ތަހްގީގު ކުރަމުންދާކަން އޮސްޓްރޭލިއާގެ އިދާރާތަކުން ހާމަކޮށްފިއެވެ.
އޮސްޓްރޭލިއާގެ ސައިބަރ ސެކިއުރިޓީ ތަޖްރިބާކާރުން ބުނެފައިވަނީ، ހެކްކުރުމުގެ މިއަމަލު ހިނގަން މަސައްކަތް ކޮށްފައިވާކަމަށް ބެލެވެނީ ބޭރު ގައުމެއްގެ ފަރާތުންނެވެ.
ޕާލަމެންޓްގެ މެންބަރުން ބުނެފައިވަނީ މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ގެއްލިފައިވާ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް މިހާރު ޕާލަމެންޓް މެންބަރުންގެ ޕާސްވާޑްތައް ބަދަލުކޮށްފައި ވާކަމަށެވެ. އޮސްޓްރޭލިއާ ޕާލަމެންޓްގެ ކޮމްޕިއުޓަރ ވިއުގައަކީ ޕާލަމެންޓްގެ މެންބަރުންނާއި އަދި މުވައްޒަފުންގެ އީމެއިލް ރައްކާކުރުމަށްވެސް ބޭނުންކުރާ ވިއުގައެކެވެ.
Parliament House had a cyber security data breach last night. ALL passwords were reset ?
— Senator Jordon Steele-John ?? (@Jordonsteele) February 7, 2019
Yet we’re supposed to have faith that unprecedented, internet-breaking powers will be safe from cyber threats? #AAbill #encryption #Auspil
2015 އަދި 2016 ވަނަ އަހަރުވެސް އޮސްޓްރޭލިއާ އަށްވަނީ ހެކަރުންގެ ހަމަލާތަކާއި ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް އެފަހަރު ހަމަލާތައް އަމާޒުވެފައިވަނީ މޫސުމާއި ތަފާސް ހިސާބުތައް ބަލަހައްޓާ އިދާރާ ތަކަށެވެ.