400 ކިލޯވޮޓުގެ ޖަނަރޭޓަރެއް ފޮނުވައި، ހުޅުދުއްފާރަށް ކަރަންޓު ޔަޤީންކުރަނީ

ރ. ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް ފޮނުވައިފި އެވެ.

އެރަށަށް ކަރަންޓު ފޯރުކޮށްދޭ ސަރުކާރުގެ ޔުޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެރަށަށް އައު ޖަނަރޭޓަރެއް ފޮނުވާފައިވަނީ އިއްޔެއެވެ.

ހުޅުދުއްފާރަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވަނީ، އެރަށަށް ކަރަންޓު ދެމުންގެންދިޔަ ތިން އިންޖީނުގެ ތެރެއިން އެންމެ ބޮޑަށް ހުރި 250 ކިލޯވޮޓްގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، އަލަށް ފޮނުވި ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މަސައްކަތް ރޭވިފައިވާގޮތަށް ކުރިއަށް ދާނަމަ، މިއަދުގެ ވަގުތެއްގައި މަސައްކަތް ނިންމައި މުޅި ރަށަށް ކަރަންޓު ދެވޭނެކަމަށެވެ.

އަކަށް ބަހައްޓާ 400 ކިލޯވޮޓްގެ ޖަނަރޭޓަރާއެކު ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ހުޅުދުއްފާރުގެ ކަރަންޓުގެ މައްސަލަ ހައްކު ކުރުމުގެ މަސައްކަތް ކުރާއިރު، ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ނ.ކެނދިކުޅުދޫގައި ސިންކްރޮނައިޒްޑް ޕެނަލް އަދު 520 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައި ޓެސްޓްކޮށްވެސް ވަނީ ނިންމާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ