ބަޖެޓު ސަޕޯޓަށް އިންޑިއާ އިން 50 މިލިއަން ޑޮލަރު ދީފި

ދިވެހި ދައުލަތުގެ ބަޖެޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޑިއާއިން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދައުލަތުގެ ބަޖެޓަށް ދީފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އިން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހު އިންޑިއާ އިން ދިވެހި ދައުލަތުގެ ބަޖެޓް ސަޕޯޓަށް 25 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

އިންޑިއާ އިން ވަނީ 1.4 ބިލިއަން ޑޮލަރުގެ (21 ބިލިއަން ރުފިޔާ) އެހީ ދިވެހި ސަރުކާރަށް ދިނުމަށް ނިންމާފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބަޖެޓް ސަޕޯޓަށް ދިނުމަށް ހަމަޖެހިފައިވާ 200 މިލިއަން ޑޮލަރު ހިމެނެއެވެ. އަދި މީގެތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަދި ބާކީ 150 މިލިއަން ޑޮލަރަކީ ޓްރެޝަރީ ބޮންޑެވެ.

މީގެ އިތުރުން ދެން ހިމެނެނީ މަޝްރޫއުތަކަށް 800 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ