ށ. މިލަންދޫގައި މާރާމާރީއެއް ހިނގާ މީހަކު ޒަހަމްކޮށްލައިފިއެވެ.
މިއަދު ހަވީރު ހިނގި މި މާރާމާރީގައި އަނިޔާ ލިބިފައިވަނީ މިލަންދޫ ކެތީ ހައުސް، މުޙައްމަދު ޝިޔާމް އަށެވެ.
މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް "ފެށުމަށް" ވިދާޅުވީ، މި މާރާމާރީ ހިނގާފައިވަނީ އެރަށު ފުއްޓަރު ފަރާތު ގެވަޅެއްގެ ކައިރީގައި ހަވީރު 04:12 ގައި ކަމަށެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގާފައިވަނީ އެރަށު ހޭޒް ހުސަން އާތިފްއެވެ. މި މާރާމާރީ ހިންގާފައިވަނީ، ވިޔަފާރީގެ މުއާމަލާތަކާ ގުޅޭގޮތުން ރަށުތެރޭގައި ދެކެވުނު ވާހަކަތަކަކާ ގުޅިގެން ކަމަށް އެރަށު ބައެއް މީހުން ތުހުމަތު ކުރެއެވެ.
"އޭނާ އެތާ ފޯނެއްގައި ހުއްޓާ ފަހަތުން އައިސް ފުރަޔަމަ ވައްވައް ޖެއްސީ. ފަހުން ފަކީރާއަކުން ޖެހީ." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މާރާމާރީގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަނެއް ލިބުނު ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.




