"ވަގު ސޭޓުން ދައްކާ ވާހަކަ ގަބޫލު ކުރާ ރައްޔިތުން މަދުވާނެ"

ވަގު ސޭޓުން ދައްކާ ވާހަކަ ޤަބޫލުކުރާ ރައްޔިތުން މަދުވާނެކަމަށް ބުނެ، ބަރުލަމާނީ ނިޒާމާ ދެކޮޅަށް ޤާސިމް ދެއްކި ވާހަކައަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕަރސަން ހާމިދު ޢަބދުލްޣަފޫރު ރައްދު ދެއްވައިފިއެވެ.

ގާސިމަށް ރައްދުދެއްވާ ހާމިދުކުރެއްވި ޓްވީޓުގައި ވިދާޅުވީ، "ބަގާވަތް ކޮށް އިންސާނޯ ހަގުތަކަށް އަރައިގަންނަށް ވަގު ސޭޓުން ދައްކާ ވާހަކަ ގަބޫލު ކުރާނެ ރައްޔިތުން މަދުވާނެކަމަށާއި، މި ހަގީގަތް ބަރުލަމާނީ އިންތިހާބުން އިތުރަށް ކަށަވަރު ކޮށްދޭނެ" ކަމަށެވެ.

ހާމިދު މިހެން ވިދާޅުވެ ރައްދުދެއްވާފައި މިވަނީ، ދިވެހިރާއްޖޭގައި ހިނގަމުންދާ ރިޔާސީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލައިފިނަމަ، ސަރުކާރު ޒިންމާދާރު ނުކުރެވި ހަތަރެސްކަން ހަމަވާނެކަމަށް ވިދާޅުވެ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ޤާސިމް ވާހަކަފުޅު ދެއްކެވުމުންނެވެ.

ޤާސިމް ވިދާޅުވީ، އިސްލާހަށްޓަކައި ނުވަތަ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ، ރައްޔިތުންނަށް މަންފާހުރި ކަމެއް ކަމަށްވާނަމަ އެ ދިމާލަކަށް ދަތުރުކުރުމަކީ ނެތްކަމެއް ނޫން ކަމަށާއި، ނަމަވެސް ދިވެހިރާއްޖެ ފަދަ ޤައުމެއް ޖުމްހޫރީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދިއުމުން ލިބޭނެ މަންފާއެއް ނެތް ކަމަށެވެ.

“ނުފޫޒު ހުރި ހުރިހާ މިނިސްޓަރުން ތިއްބަވާނީ މަޖިލީހުގައި މެންބަރުންގެ ގޮތުގައި. ދެން ކިހިނެތްތޯ ހައްދަވާނީ؟ ހަތަރެސްކަން ހަމަވީ ދެއްތޯ! އެހެންވީމަ ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގެނައުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެއްނޫންތޯ؟” ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް މިފަދަ ގޮތަކަށް ބަރުލަމާނީ ނިޒާމާ ދެކޮޅުހައްދަވާ ވާހަކަފުޅު ދައްކަވާފައިވާއިރު، އެމްޑީޕީއަށް ތާއިދުކުރައްވާ ގިނަ ބަޔަކު ވަނީ ޤާސިމަށް ފާޑު ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ