ބޭއޮފް ބެންގާލަށް މިއަދު ހެނދުނު ބިންހެލުމެއް އަތުވެފައިވާ ކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، މާލެއާ 1787.7 ކިލޯމީޓަރު ދުރުން ބޭއޮފް ބެންގާލަށް މި ބިންހެލުން އައިސްފައިވަނީ، ރިކްޓަރ މިންގަނޑުން 5.9 ގެ ބާރުމިނުގައި މިއަދު ހެނދުނު 06:32 ގައި ކަމަށެވެ.

މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ އަޑިން 10 ކިލޯމީޓަރު ފުނަށް ކަމަށާއި، މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައި ނުވާ ކަމަށް އަދި ރާއްޖެއަށް ނުރައްކަލެއްވެސް ނެތްކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މި ސަރަހައްދަށް ބިން ހެލުމެއް އައިއިރު، ރާއްޖެއާއި ކައިރި ސަރަހައްދަކީ ބިންހެލުންތައް މަދު ސަރަހައްދެކެވެ.