އަޅުގަނޑަށް ކުރަން ނޭނގޭ ކަމެއް ޔާމީނަކަށްވެސް ނޭނގޭނެ – މުޞްޠަފާ

ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު މުޞްޠަފާއަށް ކުރަން އެނގިވަޑައި ނުގަންނަވާ ކަމެއް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށްވެސް އެނގިވަޑައިނުގަންނަވާނެ ކަމަށް މުޞްޠަފާ ވިދާޅުވެއްޖެއެވެ.

މުޞްޠަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުގައި ތިބި ބައެއް ބާޣީންގެ ކިބައިން ރައްޔިތުންގެ ފައިސާއިން ހިންގާ ކުންފުނިތައް ހިމާޔަތް ކުރަންޖެހޭ ކަމަށާއި، އެއީ ކުންފުނިތަކުގެ ވެރިންގެ ޒިންމާއެއް ކަމަށެވެ.

"މުޞްޠަފާބެއަށް ކުރަން ނޭނގޭ ކަމެއް ވަކި ރައީސް ޔާމީނަކަށްވެސް ނޭނގޭނެ." މުޞްޠަފާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މުޞްޠަފާގެ އިތުރު ޓްވީޓެއްގައި ވިދާޅުވީ، ބާޣީއަކަށްވެ، ސަރުކާރުގެ ފައިސާ ބޭނުން ނުކުރައްވާނެ ކަމަށެވެ. އަދި ދައުލަތަށް ޚިޔާނާތްތެރި ނުވާނެ ކަމަށާއި، ދައުލަތުގެ ފައިސާގައި ނުޖެހޭނެ ކަމަށް އަދި ޤައުމަށް ޣައްދާރު ނުވާނެކަމަށްވެސް މުޞްޠަފާ ވިދާޅުވިއެވެ.

"މުޞްޠަފާބެއަށްވެސް ވައްކަން ކޮށްލަ ކޮށްލަ ހުރުމުގެ ފުރުޞަތު ފުޅާކޮށް ލިބުނު، އެގޮތް ކަމުނުގޮސްގެން ހެޔޮގޮތް އިހުތިޔާރުކުރީ." މުޞްޠަފާގެ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ސަރުކާރަށް ތާއީދު ކުރެއްވި ނަމަވެސް މުޞްޠަފާ ގެންދަވަނީ ސަރުކާރު ތެރޭގައި ހިނގާ ބައެއް ކަންކަމަށް ވަރަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ހަމްދޫނު ( ތ.ތިމަރަފުށި

    އަޅުގަޑައްއެގޭގޮތުގާ ބާގީއަކީމުސްތޮފާ މިސަރުކާރައްގައްދާރުވާނީވެސް މުސްތޮފާ އެމްއެންޕީއާރުސީގެ ލާރިގަޑުއަބިމީހާ އެކައުންޓައް ޖަމާކުރީވެސް ވަގުމުސްތޮފާ ކަލޭމިދާއިރާއިން ނެއްޓެން ނޭގިގެންތިއުޅެނީކީއްވެގެން މިރަށައްއައްނަ ހުރިހާތަރައްގީއެއް ހުއްޓުވަނީމުސްތޮފާ ވަގު ޖީބައްބަރުކުރަނީ. ( ރައްޔިތެއްގެއިހުސާސު)

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ