ދިވެހިރާއްޖެއާއި މިޞްރާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުމާގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ ފޯ ފޮރިން އެފެއާޒް އޮފް ޢަރަބް ރިޕަބްލިކް އޮފް އިޖިޕްޓް ހިޒް އެކްސެލެންސީ ސަމެޙް ޝޮކްރީއަށް ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ފޮރިން މިނިސްޓަރ ފޮނުއްވި މެސެޖުގައި މިޞްރު ސަރުކާރާއި މިޞްރު ރައްޔިތުންނަށް ތަޙުނިޔާ އަރިސްކުރައްވައި، ފާއިތުވި 50 އަހަރު ތެރޭގައި ދިވެހިރާއްޖެއާ މިޞްރާއި ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުން އިތުރަށް ޙަރުދަނާ ވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ވެދެއްވަމުންގެންދަވާ އެހީތަކަށް ޝުކުރުއަދާކުރައްވާފައިވެއެވެ.
ދިވެހިރާއްޖެއާ މިޞްރާއި ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރެވުނީ 12 ފެބްރުއަރީ 1969 ގައެވެ.




