ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އަމިއްލަގޮތުން މަޖިލީހަށް ކުރިމަތިލުމަށް ނިންމައިފިއެވެ.
މިހާރުވެސް އިބްރާޙިމް ދީދީ ފޭދޫދާއިރާ ތަމްސީލުކުރާއިރު ޕީޕީއެމްގެ ޓިކެޓްވެސް އިބްރާޙިމް ދީދީއަށްވަނީ ލިބިފައެވެ. ނަމަވެސް އަމިއްލަގޮތުން ވާދަކުރެއްވުމަށް މިއަދު އީސީއަށް ވަނީ ފޯމްހުށައަޅާފައެވެ.
އިބްރާހިމްދީދީއަކީ ހިނގަމުން މިދާ މަޖިލީހިގައި ވެސް ޕީޕީއެމް އާއެކު މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާބޭފުޅެކެވެ. އެހެން ނަމަވެސް މި ދައުރުގައި އަމިއްލަ ގޮތުން ނިކުތީ ޕާޓީގެ ވިސްނުމަށް ވުރެ ބޮޑަށް ގައުމާއި ރައްޔިތުން އިސްކޮށް ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އެހީތެރިކަންދޭން ޖެހޭކަން ގަބޫލުކުރެއްވޭތީ ކަމުގައި އިބްރާޙިމް ދީދީ ވަނީ ވިދާޅުވެފައެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ހުރިހާ ޕާޓީ ތަކުން އަމިއްލަގޮތުން ވާދަކުރައްވާއިރު ސަރުކާރުހިންގާ މައި ޕާޓީ އެމް.ޑީ.ޕީ އިން ވަނީ ހުރިހާ ދާއިރާއަކަށްވެސް ވާދަކުރެއްވުމަށް ނިންމާފައެވެ.