ނުވަ ރަށަކުން ގޯތި ދޫކުރުމުގެ ބާރު ކައުންސިލްތަކަށް

ނުވަ ރަށަކުން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން، ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ކުރި އިއުލާންތައް ބާތިލްކޮށް، ގޯތި ދޫކުރުން ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރުން ކުރި އިއުލާނުގައި ވިދާޅުވީ، ގޯތި ދޫކުރުމުގެ މަސައްކަތަކީ ރަށްރަށުގެ ކައުންސިލުން ކުރަންޖެހޭ މަސައްކަތަކަށްވާއިރު، ކުރިން ކޮށްފައިވާ އިއުލާންތައް ބާތިލުކޮށް، މިހާރު ރަށްރަށުގައި ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ވަނީ ރަށު ކައުންސިލުތަކާއި ހަވާލުކޮށްފައިކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރުން ވިދާޅުވީ، ބިން ދޫކުރުމަށް ކައުންސިލުތަކާއި ހަވާލުކޮށްފައިވާ 9 ރަށަކީ، އައްޑޫ ސިޓީ، ހދ. ކުޅުދުއްފުށި، ދ. މީދޫ، ކ. މާފުށި، ލ.ގަން، ކ.ތުލުސްދޫ، ކ.ހިންމަފުށި، ގދ.ތިނަދޫ އަދި ހދ.ހަނިމާދޫ ކަމަށެވެ.

2018 ގެ ރިޔާސީ އިންތިހާބު ކައިރިވެފައިވާ ދުވަސްވަރު، ރައީސް ޔާމިނުގެ ސަރުކާރުގައި، ހައުސިން މިނިސްޓްރީން ގޯތިދޫކުރުމަށް ހަމަޖެހިފައިވާއިރު، ޔާމިނުގެ ސަރުކާރުން ބިން ދޫކުރުމުގައި ގެންގުޅެއްވި އުސޫލުތަކާއި މެދު ކައުންސިލު ތަކުން ވަނީ ސުވާލު އުފައްދަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ