ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޯށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ނ. އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށެވެ.
މިއަދު ހެނދުނު09:45 އިން މެންދުރުފަހު 02:30 އަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ ނ. އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް 23 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އަދި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެން ވޭ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅު ތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ.އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި މެދުތެރެ އާއި އުތުރު އަތޮޅުތަކުގައި ކަނޑު ދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރުނުއިރު، ތ.އަތޮޅާއި، އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް އަދި ހުވަދު އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.