ބޮޑެތި ލޯނުތަކެއް ނެގީ ނާށިގަނޑު ހިފައިގެން ސަލާން ނުޖަހަންވެގެން - ސަޢީދު

ދިވެހިރާއްޖެއިން ބޮޑެތި ލޯނުތަކެއް ނެގީ ނާށިގަނޑު ހިފައިގެން ސަލާން ނުޖަހަންވެގެން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވެފައިވަނީ، ޗައިނާއިން ގައުމުތަކުގެ މާލީ ހާލަތާއި ނުބައްދަލު ލޯނު ދިނުމަށްފަހު ގައުމުތަކުގެ މިނިވަންކަމަށް ބާރު ފޯރުވާފައިވާ ކަމަށާއި، ރާއްޖެއަށް ދީފައިވާ ފައިސާ ތަކުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް ކުރީ ރައީސް ނަޝީދު އިއްޔެ ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ސަޢީދު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ލޯނުތަކެއް ނެގީ ދެއްކޭނެތީ ކަމަށާއި، އެއީ އެޅުއްވި ޚަރަދަނާ ފިޔަވަޅެއް ކަމަށެވެ.

"ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ލޯނުތަކެއް ނެގީ ދެއްކޭނެތީ. ޗައިނާއާއެކު އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ނާށިގަނޑު ހިފައިގެން ސަލާން ޖެހުމުގެ ސަގާފަތާ ދުރަށް ދިއުމަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅު." ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރުން ޗައިނާއިން ބޮޑެތި ލޯނުތަކެއް ނަގާފައިވަނީ ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށާއި، ސިނަމާލެ ބުރިޖު އެޅުމުގެ އިތުރުން 25 ބުރީގެ ހޮސްޕިޓަލް ތަރައްޤީ ކުރުމަށެވެ.

މި ސަރުކާރުން އެ ލޯނުތަކަށް ފާޑުވިދާޅުވާއިރު، އަވަށްޓެރި އިންޑިއާއިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީސް ނެގުމަށް ވަނީ އެއްބަސްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ