އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން - ފޮޓޯ: އީސީ

ހަބީބުގެ ދައުރު ހަމަވާތީ، އީސީ އަށް މެމްބަރަކު ހޯދަނީ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ، އީސީގެ މެމްބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

އީސީގެ މެމްބަރު ކަމުގެ ފަސް އަހަރުގެ ފުރަތަމަ ދައުރު ހަބީބު ފުރިހަމަ ކުރައްވާނީ އަންނަ މަހުއެވެ. މެމްބަރު ކަމުގައި ދެ ދައުރު ފުރިހަމަކުރެވޭނެތީ، ހަބީބަށްވެސް އަލުން ކުރިމަތިލެއްވުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

އިލެކްޝަންސް ކޮމިޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ފެންވަރުގެ ތައުލީމާއި ގާބިލްކަން ހުރި، ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ނުހިމެނޭ ފަރާތެކެވެ. މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގެ ދައުރުގެ ތެރޭގައި އިތުރު ވަޒީފާއެއް އަދާ ކުރުމުގެ ފުރުޞަތު ޤާނޫނުން ލިބިގެން ނުވެއެވެ.

އިސްމާއީލް ހަބީބް ޢަބްދުއްރަޙްމާނާއެކު އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވަނީ، ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްއާއި، ނައިބު ރައީސް އަމްޖަދު މުޞްޠަފާ އަދި މެންބަރު އަޙްމަދު އަކްރަމްގެ އިތުރުން މެންބަރު ޢަލީ ނަޝާތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ