ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކިންގ ސަލްމާން މިސްކިތަށާއި މާވެޔޮ މިސްކިތަށް މިއަދު ޒިޔާރަތްކުރައްވައި، އެތަންނުގެ ހާލަތު ބައްލަވައިލައްވައިފިއެވެ.
ނައިބު ރައީސް ފައިޞަލް ނަސީމޮގެ ޒިޔާރަތުގައި، އެދެމިސްކިތުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާ މިންވަރު ބައްލަވައިލައްވައި، މަސައްކަތްތަށް ކުރިޔަށްގެންދިޔުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައިފައިވެއެވެ.
ރައީސް ޔާމިނުގެ ސަރުކާރުގައި، ބިނާކުރައްވަން ފަށާފައިވާ ކިންގް ސަލްމާން މިސްކިތަކީ މިހާތަނަށް ރާއްޖޭގެ ތާރީޙްގައި ޤާއިމުކުރެވޭ އެންމެ ބިޔަ އަދި ޖާގައިގެ ތަނަވަސްކަން އެންމެ ބޮޑު މިސްކިތެވެ. އަދި މި މިސްކިތަކީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ ޕްރޮޖެކްޓެކެވެ.
އާޓިފިޝަލް ބީޗްގެ އުތުރަށް އޮތް ބިމުގައި ބިނާކުރެވެމުންދާ ކިންގް ސަލްމާން މިސްކިތަކީ ތުރުކީގެ ޓާމެކްސް ކުންފުންޏާއި ހަވާލުކުރެވިގެން ކުރިއަށްދާ 24.95 މިލިއަނުގެ މަޝްރޫއެކެވެ.
ހަ ފަންގިފިލާ ހިމެނޭގޮތަށް ބިނާކުރެވެމުންދާ މި މިސްކިތުގައި، މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ހިމެނޭނެނެއެވެ. އަދި މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކުރެވިފައި ހުންނާނެއެވެ.
ތަޅާލެވިފައިވާ މާވެޔޮ މިސްކިތަކީ (ދައުލަތުގެ ބަޖެޓުން 15 މިލިޔަން ރުފިޔާ ހޭދަކޮށްގެން އަލުން ފަސް ބުރިއަށް އިމާރާތްކުރަމުންދާ މިސްކިތެކެވެ.




