ޒިޔަތު ގޭ ބަންދަށް ބަދަލު ކުރުމުގެ ފަހަތުގައި އޮތީ ވަގަށް ނެގި ފައިސާ އިންތިހާބަށް ހަރަދު ކުރުން - އަލްހާން

އައެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޝަރުޢީ ހުކުމާއި ހިލާފުވެ، ގޭ ބަންދަށް ބަދަލު ކުރުމުގެ އަޑީގައި އޮތީ ދައުލަތުން ވަގަށް ނެގި ފައިސާ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހަރަދު ކުރުން ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޖޭޕީ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ އަލްހާން ފަހުމީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، "960  މިލިއަން ރުފިޔާ ވަގަށް ނެގި ކަމަށް ދައުލަތުން ދައުވާ ކުރާ ކުރީގެ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު ޝަރުއީ ހުކުމާ ހިލާފަށް ގޭ ބަންދަށް ބަދަލު ކުރުމުގެ އަޑީގައި އޮތީ އެ ފައިސާ މަޖިލިސް އިންތިހާބުގައި ހަރަދު ކުރުން " ކަމަށެވެ. އަދި "ލަދު ކޮބާތޯ" ބުނެ ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞޯލިޙަށާއި، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމަށް ޓެގް ކުރައްވާފައެވެ.

އެމްއެމްޕީއާރްސީން ހިންގި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއްގައި ޒިޔަތު ބައިވެރިވެފައިވާކަން ސާބިތުވެ، ޖަލުގައި ހުންނަވަނިކޮށް، މީގެ ދުވަސްކޮޅެއްކުރިން ކަރެކްޝަނުންވަނީ ޒިޔަތު އަނބުރާ ގޭބަންދަށް ބަދަލުކޮށްފައެވެ. ނަމަވެސް ޒިޔަތު ގޭބަންދަށް ބަދަލުކުރި ސަބަބެއް ކަރެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ޒިޔަތު ގޭ ބަންދަށް ބަދަލު ކުރުމުގެ ފަހަތުގައި ވަނީ ދައުލަތުން ވަގަށް ނެގި ފައިސާ މަޖިލިސް އިންތިހާބުގައި ރައީސް މައުމޫން ހަރަދު ކުރުން ކަމަށް އަލްހާން ފަހުމީ ވިދާޅުވެފައިވާއިރު، އެބޭފުޅާ  ކުރިން ވިދާޅުވެފައިވަނީ،  ޒިޔަތު ގޭ ބަންދަށް ބަދަލު ކުރުމުގެ އަޑީގައި ވަނީ މައުމޫނާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙުމަދު ނާޒިމްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ