ރާޝިދު ސްކޫލް އޮފް ގަވަރންމަންޓާއެކު ކޮމިޝަނުން މަޝްވަރާކޮށްފި

މުޙައްމަދު ބިން ރާޝިދު ސްކޫލް އޮފް ގަވަރންމަންޓް އަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

މިއީ ޔުނައިޓަޑް އަރަބި އެމެރޭޓްސް ގައި ސީނިއަރ ސިވިލް ސަރވަންޓުން ތަމްރީނުކޮށް ހިންގުމުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރާ ސަރުކާރުގެ މަރުކަޒެކެވެ. މި ބައްދަލުވުމުގައި އެ ސްކޫލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެސްކޫލްގެ ޑީން ޕްރޮފެސަރ ރައެދް އަވާމްލީހް އާއި އެސޯސިއޭޓް ޑީން ޕްރޮފެސަރ މާރޓިން ސްޕެރެގަން އަދި ޑިރެކްޓަރ އޮފް ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމެންޓް އައިޝާ އިބްރާހިމް ޒައިދް އަލް އަލީ އެވެ.

މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނާއި އެ ސްކޫލް އާދެމެދު މުވައްޒަފުން ތަމްރީނު ކުރުމާއި ތަޖްރިބާ ބަދަލުކުރުމާއި ދިރާސާތައް ހެދުމުގައި ދެފަރާތު ދެމެދު އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުުމަށާއި އަދި އެސްކޫލްގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި މަޢުލޫމާތާއި ތާޒާކުރުމުގެ ތަފާތު ޢިލްމީ އަދި ދިރާސާ ހަރަކާތްތަކުގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދެއްވަވާނެކަމަށް ޑީން ޕްރޮފެސަރ ރައެދް ވިދާޅުވެފައިވެއެވެ.

އެ ސްކޫލަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި ޕަބްލިކް ޕޮލިސީ ފަދަ ދާއިރާތަކުން މާސްޓާރސް ފެންވަރަށް ކިޔަވާދޭ ސްކޫލެކެވެ. އަދި ދިރާސާ އާއި ޢިލްމީ ކަންކަމުގެ ކޮންފެރެންސްފަދަ ހަރަކާތްތައް ބާއްވާ ސްކޫލެއްކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ