އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) ގެ ލޯގޯ - ފޮޓޯ: އޭސީސީ

ބޮޑު ޚިޔާނާތުގެ ރިޕޯޓާއެކު އޭސީސީގެ ވެބްސައިޓް ގެއްލިއްޖެ

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަޙްޤީގު ރިޕޯޓް އާއްމު ކުރުމާއެކު އޭސީސީގެ ވެބްސައިޓް ޑައުންވެއްޖެއެވެ.

މި ބޮޑު ޚިޔާނާތުގެ ތަޤްޤީޤް ރިޕޯޓް އާއްމުކޮށްފައިވަނީ އޭސީސީގެ ވެބްސައިޓްގައެވެ. މިއަދު ހެނދުނު 10:55 ހާއިރު މި ރިޕޯޓް އާއްމުކޮށްފައިވާއިރު، އަޕްލޯޑް ކުރިތާ 10 މިނެޓްވެސް ނުވަނީސް އެ ރިޕޯޓް ޢާއްމުކުރި ވެބްސައިޓް ވަނީ ޑައުންވެފައި ނުވަތަ ޑައުން ކޮށްލާފައެވެ.

1.4 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މި މައްސަލައަކީ އެމް.އެމް.ޕީ.އާރު.ސީ އިން އެކިފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއާއި އެރަށްތަކާއި ފަޅުތައް ދޫކުރުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިނގާފައިވާކަމަށް ބެލެވޭ މައްސަލައެވެ.

2017 ވަނަ އަހަރު އެކުލަވާލި މި ރިޕޯޓް މިއަދާ ހަމައަށްވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ. އެ ރިޕޯޓްގައި މުހިންމު ގިނަ މަޢުލޫމާތުތަކެއް ހިމެނޭއިރު، އެ ރިޕޯޓްގައި 700 އަށްވުރެ ގިނަ ސަފްހާ އެކުލެވިގެންވެއެވެ.

ނޯޓް: އޭސީސީގެ ވެބްސައިޓަށް މިހާރު ވަދެވޭކަން ފާހަގަ ކޮށްލަން.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް