ދެފުޅި ސެންޓާއެކު ވަގަކު ހައްޔަރުކޮށްފި

ވެރިރަށް މާލޭގެ ފިހާރައަކުން ދެ ސެންޓް ފުޅި ވަގަށް ނެގި މީހަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފިއެވެ.

ދެ ފުޅި ދެންޓް ވަގަށް ނަގައިގެން ހައްޔަރުކޮށްފައިވަނީ ދެބައި އުމުރުގެ ފިރިހެނެކެވެ.

މަންޒަރު ދުށް ފަރާތަކުން "ފެށުމަށް" ބުނީ، އެމީހާ ހައްޔަރު ކޮށްފައިވަނީ މާފަންނު ސަހަރާ ކައިރިން މަޖީދީ މަހުގުގައި ހުންނަ ވީބީ މާޓުން ކަމަށެވެ.

"އެމީހާ ވީބީ މާޓުން ވަގަށް ނެގީ ދެ ސެންޓް ފުޅި. ސެންޓް ފުޅި ވަގަށް ނަގައިގެން ނުނިކުމެވެނީސް އެތަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ފެނިގެން ހިފެހެއްޓީ." މަންޒަރު ދުށް ފަރާތުން ކަން ހިނގާދިޔަ ގޮތް ކިޔައިދެމުން ބުންޏެވެ.

ފިހާރައިގެ މުވައްޒަފުން ފުލުހުންނަށް އެނގުމުން އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިގޮތަށް މާލޭގެ ފިހާރަތަކަށް ވެދެ ތަކެތި ވަގަށް ނަގާ މީހުންނަށް އެކި ފަހަރު އެކި ވަރުގެ ލަނޑު ލިބިފައި އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. Thalfaah

    Maruge adhabu dhee..dhera nikamethi meehaa yah kulhi sahalu dhahkaalan vaane. Rich meehaa billion in vahkan kuriyas ulhenee free koh noonee raajjein beyrah aruvaalumuge namuga fonuvaalaanee.

  2. Minha

    Alhe ziney kuraa meehungeves noohuga jahan v nu. Vaki kameh kuraabayaku tha . humiliatee public ga kurevenee

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް