ޚިޔާނާތުގެ ބޮޑު ރިޕޯޓް: ބައްސާމަށް 29000 ޑޮލަރު!

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ޖަމާކޮށްފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަކުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލަށް 29000 ޑޮލަރު ލިބުނުކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، އޭސީސީން މިއަދު ޢާއްމުކުރި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤް ރިޕޯޓުންނެވެ.

ތަފްސީލީ ރިޕޯޓުގައި ވާގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ނަންބަރު 002-700925-7701 އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު، އެ ފައިސާތައް ފޮނުވާފައިވާ އަމިއްލަ ފަރާތްތަކުގެ ތެރޭގައި ބައްސާމްވެސް ހިމެނިވަޑައިގަންނަވައެވެ.

މި ފައިސާ ބައްސާމަށް ލިބިލައްވާފައިވަނީ ކީއްވެކަން އެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ ބައްސާމަށްވެސް މި ފައިސާ ފޮނުވި، އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ. އެސްއޯއެފުން ފައިސާ ޖަމާކުރި ފަރާތްތަކުގެ ތެރޭގައި ބައްސާމް ހިމެނުނު ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. haha

    Adhi mi inguneethaa bassaam maureenaa govaigen dheiru dhedhalha ah Europ ah dhaagoiy

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ