ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފު މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ތައްޔާރުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ދާދި ދެންމެ ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވާ މައްސަލައިގެ އިސްތިޢުނާފު އަޑު އެހުންތައް މިއަދު އެ ކޯޓުގައި ނިންމާލާފައިވާ ކަމަށެވެ.
"އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރެއްވުން ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިޢުލާން ކުރެއްވި." ދިވެހިރާއްޖޭގެ ހައިކޯޓުން ވިދާޅުވިއެވެ.
ޔާމީންގެ މައްސަލަ ހައިކޯޓުގައި އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ.
އެކަމާ ގުޅިގެން ހައިކޯޓުން ވިދާޅުވީ، މި މައްސަލަ އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) އަކީ ދިމިޤްރާތީ އުޞޫލުތަކާ ޚިލާފު ނުވާނޭހެން ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޚާލަތްތައް ބަޔާންކޮށްފައިވާ މާއްދާއެވެ. އެ މާއްދާގެ (ނ) ގެ 3 ވަނަ ނަންނަބުގައި ބަޔާންކޮށްފައިވަނީ، "ޢާއްމުކޮށް ހުޅުވާލައިގެން ޝަރީއަތް ހިންގައިފިނަމަ ޢަދުލު އިންސާފު ޤާއިމުކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުމަށް." ޝަރީއަތުގެ ބައެއް ނުވަ މުޅި ޝަރީއަތް ސިއްރުން ކުރިއަށް ގެންދިއުމުގެ އިހުތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
ޔާމީންގެ ހުރިހާ ބޭންކް އެކައުންޓްތަކެއް ފްރީޒް ކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެންނެވެ. ފުލުހުން ވަނީ އެކައުންޓްތައް ފްރީޒްކޮށް އެކައުންޓްތަކުގައި ހުރި ފައިސާގެ ތަފްސީލުވެސް ޢާއްމުކޮށްފައެވެ.
އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، މާދަމާ އެ މައްސަލައިގައި ހުކުމް އިއްވާނެކަމށް ބެލެވެއެވެ. މި މައްސަލައިގެ ހުކުމާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތާވެސް ކޮންމެވެސް މިނަވަރަކަށް ގުޅިގެންދާނެކަމަށް ބެލެވެއެވެ.