މަހުލޫފާއި އަކުރަމް ގޭގައި މަޑުކުރަން ރައީސް އަންގަވައިފި

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑު ކުރަން ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙް އަންގަވައިފި އެވެ.

ރައީސް އެ ދެބޭފުޅުންނަށް އެގޮތަށް އެންގެވީ، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު އަދި އަކުރަމްކަމާލުއްދީންގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީއިން މިއަދު އާންމު ކުރި ރިޕޯޓުން ހާމަވުމާ ގުޅިގެން އެވ

ކޮރަޕްޝަނަށް ގެންގުޅުއްވާނީ "ޒީރޯ ޓޮލިރެންސް" ކަމަށް ވިދާޅުވެފައިވާ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އެ ދެބޭފުޅުންނަށް ގޭގައި މަޑުކުރަން އެންގެވީ އެބޭފުޅުންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ މައްސަލަ ބަލައި ވަކި ގޮތެއް ނިމެންދެންއެވެ.

ރައީސްގެ އެ އެންގެވުމާ ގުޅިގެން މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ އެ ނިންމެވުމަށް އޭނާ ފުރިހަމަޔަށް އިހުތިރާމް ކުރައްވާ ކަމަށެވެ.

އޭސީސީން ކޮރަޕްޝަނުގެ ބޮޑު ތަޙްޤީޤުގެ ރިޕޯޓް މިއަދު ޢާއްމު ކުރެއްވިއިރު، ރިޕޯޓުން ހާމަވެފައިވާ ގޮތުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި، ކުރީ ސަރުކާރުގެ އެކި ބޭފުޅުންނާއި، އަދުގެ ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން އަދި ބައެއް މީޑިއާތަކުގެ  އެކައުންޓަށްވެސް އެސްއޯއެފް އިން ފައިސާ ޖަމާކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް