މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނައީމް - ފޮޓޯ: މަޖިލިސް

ސަރުކާރު ދަމަހައްޓައި ދާއިރާގެ ތަރައްޤީ ޔަޤީންކުރާނަން – އަނާރާ

ސަރުކާރު ދެމެހެއްޓުމުގައި ދެމިހުރެ، ދާއިރާގެ ތަރައްޤީ ޔަޤީން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް މަކުނުދޫ ދާއިރާގެ އަދާލަތު ކެންޑިޑޭޓް، މިހާރުވެސް އެ ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ މަޖިލިސް ކެމްޕެއިންގ ލޯންޗުކުރުމަށް މިރޭ މަކުނުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަނާރާ ވިދާޅުވީ، ފާއިތުވި ފަސް އަހަރު ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވީ، ވަރަށް ޚިދުމަތް ކޮށްދޭ ހިތުން ކަމަށާއި، ދާއިރާގެ ރަށްރަށުގައި ކުރާ އިޖުތިމާއީ ކަންކަމުގައިވެސް ވެދެވެން އޮތް އެއްބާރުލުމެއް ދެއްވާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ސަރުކާރާ ގުޅިގެން، މި ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމާއެކު މި ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވަން." އަނާރާ ނައީމް ވިދާޅުވިއެވެ.

އަޒުމަކީ ކުރިއަށް މިއޮތް ދައުރަށްވެސް ރައްޔިތުން އެ ފުރުޞަތު ދެއްވައިފިނަމަ، ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރުން ކަމަށާއި، ރައްޔިތުންނަށް ދިމާވާ ކަންކަމާއި، ރަށުގެ ތަރައްޤީއާއި، ކުރިއެރުމަށް އަދި ރަށުގައި ހިންގާ ތަފާތު ކުޅިވަރު މުބާރާތްތަކާއި، ޤުރުޢާން މުބާރާތްތަކުގެ އިތުރުން އިޖިތިމާއީ އެކިއެކި ހަރަކާތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް އަނާރާ ވިދާޅުވިއެވެ.  

"މިފަހަރުވެސް މިދާއިރާއަކީ އަދާލަތު ޕާޓީއަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ، އަދާލަތު ޕާޓީއަށް ނުހަނު އިހުލާސްތެރި ރައްޔިތުންތަކެއް ދިރިއުޅޭ ދާއިރާއަކަށްވާތީވެ، މިފަހަރުވެސް އަދާލަތު ޕާޓީއަށް މިދާއިރާއިން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރުގެ ފުރުޞަތު ދެއްވާ." އަނާރާ ނައީމް ވިދާޅުވިއެވެ. މި ޖަލްސާގައި އަނާރާ އިތުރަށް ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި އެކަމަނާއަށް މަޖިލީހުން ފުރުޞަތު ދެއްވުމަކީ ދާއިރާގެ ރައްޔިތުން އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައިވެސް އުފާކުރާނެ ކަމެއް ކަމަށެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ