ދިވެހި މަސް ދޯންޏެއް މަލިކު ކައިރިން އިންޑިއާ ސިފައިން ހިފަހައްޓައިފިއެވެ.
އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާފައިވަނީ "ވީވަރު" ނަމަކަށް ކިޔާ ކަންނެލި ދޯންޏެކެވެ.

ދިވެހި މަސްދޯންޏެއް އިންޑިއާއިން ހިފަހައްޓާފައިވާކަން އެމްއެންޑީއެފްއިން "ފެށުމަށް" ވަނީ ކަށަވަރު ކޮށްދީފައެވެ.
"މިކަމުގެ ޚަބަރު ވަނީ ލިބިފައި. އެކަން ގާތުން ބަލާ، އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން." އެމްއެންޑީއެފް އިންފޮމޭޝަން އަޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

މިއަދު ހަވީރު ހިނގި މި ހާދިސާގައި އިންޑިއާ ސިފައިން ހިފެހެއްޓި ދިވެހި މަސްދޯނި މިވަގުތު އޮތީ މަލިކުގެ ވެރިރަށުގެ ބަނދަރުގައި އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައިކަމަށް އިތުބާރު ހިފޭ ފަރާތަކުން މިނޫހަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ.
ދިވެހި މަސް ދޯންޏެއް އިންޑިއާއިން ހިފެހެއްޓިއިރު، ރާއްޖެ ސަރަހައްދަށް ވަންނަ އެހެން ގައުމުތަކުގެ ދޯނިތައްވެސް ހިފަހައްޓައެވެ.