މަސްދޯނި ހިފެހެއްޓީ އިންޑިއާގެ ސަރަހައްދަށް ވަރަށް ބޮޑަށް ވަދެގެން - އެމްއެންޑީއެފް

ދިވެހި މަސްދޯނި ހިފެހެއްޓީ އިންޑިއާގެ ސަރަހައްދަށް ވަރަށް ބޮޑަށް ވަދެގެން މަސްވެރިކަން ކުރަނިކޮށް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، އިންޑިއާއިން ހިފެހެއްޓި މަސް ދޯންޏަށް ރާއްޖޭގެ ފޮރިންގ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

"އިންޑިއާއިން ދިވެހި މަސްދޯނި ހިފަހައްޓާފައިވަނީ އެގައުމުގެ ސަރަހައްުގެ ވަރަށް އެތެރެއަށް ވަދެފައިވަނިކޮށް ކަމަށް މަޢުލޫމާތު ލިބިފައިވޭ." އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ، ރާއްޖޭގެ އީއީޒެޑްގެ ތެރެއަށް ވަންނަ މަސްބޯޓުތައްވެސް ހުއްޓުވާ ގަވާއިދުން ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާފައިވަނީ “ވީވަރު” ނަމަކަށް ކިޔާ ކަންނެލި ދޯންޏެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް