ސީޝެލްސްގެ ރައީސްގެ ދަޢުވަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސީޝެލްސްއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއި ސީޝެލްސްއާ ދެމެދު ހަތް އެއްބަސްވުމެއްގައިި ސޮއި ކޮށްފިއެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސީޝެލްސްއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރާއި ފަތުރުވެރިކަމާއި ހާރިޖީ ދާއިރާއާއި އިގްތިސާދީ ދާއިރާގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެކެވެ.
އެއްބަސްވުންތަކުގައި ރާއްޖޭގެ ފަަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ އިތުރުން ދެގައުމުންވަނީ ރަސްމީ މަޝްވަރާތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މި ދަތުރުފުޅުގައި ސީޝެލްސްގެ މަޝްހޫރު ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.