އިންޑޮނީޝިއާގެ ސުމަޓްރާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައި ވަނީ ސުމަޓްރާގެ ހުޅަނގުއުތުރު އައްސޭރީގެ ސަރަޙައްދަކަށް ރާއްޖެ ގަޑިން މިއަދު 17:00 ހާއިރު އެވެ.
ބިންހެލުންތައް މޮނިޓާކުރާ އިދާރާއެއް ކަމަށްވާ ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާގޮތުގައި މި ބިންހެލުން އައިސްފައިވަނީ، ސުމަޓްރާގެ ހުޅަނގުއައްސޭރިއަށް ރެކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައި ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ.
މި ބާރުގަދަ ބިންހެލުމާއެކު އިންޑޮނީޝިއާގެ ޑިޒާސްޓަ މިޓިގޭޝަން އޭޖެންސީން ނެރުނު ސުނާމީގެ އިންޒާރާއެކު، ބިންހެލުން އައި ސަރަޙައްދުގެ އައްސޭރީގައި ދިރިއުޅޭ އާންމުން އެ ސަރަޙައްދު ދޫކޮށް އުސް ހިސާބުތަކަށް ވަގުތުން ދިއުމަށް ވަނީ އަންގާފައެވެ. ބިންހެލުމާއެކު ސުނާމީ އަރާނެ ކަމަށް ބެލެވިފައި ވަނީ އިންޑޮނީޝިއާގެ ޖާވާ އައިލޭންޑްސްގައި އޮންނަ ބަންޓެން އަށެވެ.
— Maldives Meteorology (@MetMaldives) August 2, 2019
މި ބިންހެލުމާއި ގުޅިގެން ޕެސިފިކް ސުނާމީ ވާނިންގް ސެންޓަރުން އަދި އިންޒާރެއް ނެރެފައެއް ނުވެއެވެ.
އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވީ ނަމަވެސް، އެކަމުގެ ނުރައްކަލެއް ރާއްޖެ އަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފައެވެ.