ޕީއެސްޖީގައި މަޑުކުރުމަށް ނޭމާ ގާތު އެމްބާޕޭ އެދެފި

ބްރެޒިލްގެ ތަރީ ނޭމާ ޕީއެސްޖީ ދޫކޮށް ކުރީގެ ކްލަބު ބާސެލޯނާއަށް އެނބުރި ދާން އުޅޭ ވާހަކަ ފެތުރެމުންމިދާ ދުވަސްވަރުގައި ޕީއެސްޖީގައި މަޑުކުރުމަށް އޭނާގެ އަރިހުން އެކްލަބަށް ކުޅޭ އެމްބާޕޭ އެދެފިއެވެ.

ނޭމާވަނީ މިދިޔަ ބުރާސްފަތިދުވަހު ޕީއެސްޖީއާއެކު ޓްރެއިނިންގގައި ބައިވެރިވެފައެވެ.

ޕީއެސްޖީ ދޫކޮށް ކުރީގެ ކްލަބު ބާސެލޯނާއަށް ނޭމާ ބަދަލުވާން އުޅޭކަމުގެ އަޑުތައް ފެތުރިފައިވީނަމަވެސް ރަސްމީކޮށް އެއްވެސް ފަރާތަކުން މިކަމާއި ބެހޭގޮތުން އަދި އެއްޗެކޭ ނުބުނެއެވެ.

"އަހަރެން ބޭނުން ނޭމާ ޕީއެސްޖީގައި މަޑުކުރަން. އޭނާއަކީ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިއެއް. މިހާރުގެ ހާލަތާއި ގުޅޭގޮތުން އަހަރެން ދެކޭގޮތް ވަރަށް ރަނގަޅަށް ކިޔައިދިނިން." އެމްބާޕޭ ބުންޏެވެ.

މީގެއިތުރުން އެމްބާޕޭ ބުނީ، ނޭމާއަކީ ހުނަރުވެރި މޮޅުކުޅުންތެރިއެއްކަމަށާއި، ޓްރެއިނިންގގައި ބައިވެރި އެކަން ސާބިތުކޮށްދީފިކަމަށެވެ.

ޕީއެސްޖީ ދޫކޮށް އެނބުރި ސްޕެއިންއަށް ބަދަލުވާން ބޭނުންވާކަމަށް ނޭމާ ބުނެފައިވަނީ މިދިޔަމަހުއެވެ. އަދި މިކަމާއި ގުޅިގެން ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ބުނެފައިވަނީ ދެފަރާތަށްވެސް ފައިދާވާކަހަލަ ހުށަހެޅުމެއް ލިބިއްޖެނަމަ ނޭމާ ވިއްކާލާނެކަމަށެވެ. އެހެންނަމަވެސް، ޕީއެސްޖީން ބުނާގޮތުގައ ނޭމާއަށް އެއްވެސް ހުށަހެޅުމެއް ލިބިފައެއްނެތެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް