ވާހަކަ ޑޮޓްކޮމްގެ "މަވެށި" ވާހަކަ ސީރީޒް ނެރެނީ

ވާހަކަޑޮޓްކޮމް ހިންގާ "ވާހަކަ ޕަބްލިޝާ" އިން "މަވެށި" ނަމުގައި ކުޑަކުދިންނަށް ޚާއްސަ ވާހަކަ ސީރީޒް ނެރެން ތައްޔާރުވެއްޖެއެވެ.

ކުޑަކުދިން ތިމާވެއްޓަށް ލޯބި ޖެއްސުމުގެ މަޤްސަދުގައި ނެރުމަށްހަމަޖެހިފައިވާ މިވާހަކަ ސީރީޒްއަކީ ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރުން، ޙުސެއިން ޝަހުދީ ލިޔުއްވި ވާހަކަ ސީރީޒްއެއްކަމަށް "ވާހަކަ ޕަބްލިޝާސް" އިން މަޢުލޫމާތު ދެއްވިއެވެ.

"މަވެށި" ވާހަކަ ސީރީޒްގައި ޖުމްލަ ފަސް ފޮތް ހިމެނޭއިރު މިފަސްފޮތްވެސް ލިޔުއްވާފައިވަނީ ޙުސެއިން ޝަހުދީއެވެ.

ކުރިއަށްއޮތް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބާޒާރަށް ނެރެން ހަމަޖެހިފައިވާ މިވާހަކަ ސީރީޒްއަށް އަންނަ ހަފްތާއިން ފެށިގެން ޕްރި އޯޑަރ ކުރެވޭނެކަމަށްވެސް އެފަރާތުންވަނީ ވިދާޅުވެފައެވެ.

Maveshi - Announcement Trailer

5 stories. 5 lessons. Vaahaka Publisher brings you “Maveshi” series— a series for children, about the environment they live in. Watch the announcement teaser for this series of 5 books and show it to your young ones. #Maveshi series, coming soon. ♥️

Posted by Vaahaka on Friday, August 2, 2019

ތަފާތު ގިނަ ޢިބުރަތްތަކާއެކު، ތިމާވެށީގެ މުހިންމުކަން ކުޑަކުދިންނަށް އަންގައިދިނުމުގެ މަޤްސަދުގައި "ވާހަކަ ޕަބްލިޝާސް" އިން ނެރުނު "މަވެށި" ވާހަކަ ސީރީޒްގައި ހިމެނޭ ފަސްފޮތަކީ:

  1. އެކުވެރި ތިން މިޔަރު
  2. ކޮކާލުގެ ހުވަފެން
  3. ބުއްދިވެރި ފިނިދަނަ
  4. ނަސީބުދެރަ ކޮވެލި
  5. ކިބުރުވެރި ބުޅާ

"ޅަދަރިންގެ ޅައުމުރުގައި ދިވެހި ބަހަށް ލޯބި ޖެއްސުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިފަދަ ވާހަކައަކުންވެސް އެކުދިންގެ މައުލޫމާތުގެ ހަޒާނާއަށް ދުޅަހެޔޮކަން ލިބޭނެކަމަށް އުންމީދުކުރަމެވެ. އެކުދިންގެ ވެށީގެ ވަށަައިގެންވާ ކަންކަމާއި، ތަކެއްޗަށް ވިސްނުން ހިންގާލުމަށް މި ވާހަކައި ބާރު ލިބޭނެއެވެ،" ވާހަކައިގެ މުސައްނިފުގެ ނޯޓްގައި ޝަހުދީ ލިޔުއްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް