ކައްދޫ ބޭރުގައި ބަޑި ޖެހުމުގެ ތަމްރީންތަކެއް ފަށައިފި

ލ. ކައްދޫ އިރުމަތީ ފަރާތު ބޭރުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ބަޑި ޖެހުމުގެ ތަމްރީން ތަކެއް ފަށައިފިއެވެ.

އެންއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި މި ތަމްރީންތައް ކުރިޔަށް ދާނީ މިއަދުން ފެށިގެން އޮގްސްޓް 8 ވަނަ ދުވަހުގެ ނިޔަލަށެވެ. ތަމްރީނުތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް 09:00 އިން 15:00 އަށް ލ. ކައްދޫ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައެވެ.

މި ތަމްރީންތަކުގައި ބެނުން ކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ލ. ކައްދޫގެ އިރުން 07 ބޭރަށް 4000 މީޓަރު ދުރުމިނަށާއި 100 މީޓަރުގެ އުސްމިނާ ދެމެދުގައި ކަމަށްވެސް އެފަރާތުން ވަނީ ވިދަޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް