ހޯޑެއްދޫ ސުކޫލުން އަނިޔާވި ކުޑަ ކުއްޖާކަށް ތިނަދޫ ހޮސްޕިޓަލްގައި ފަރުވާދެނީ

ގދ.ހޯޑެއްދޫ ސްކޫލްގެ ގްރޭޑް ތިނެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ނުވަ އަހަރުގެ ދަރިވަރަކަށް ސްކޫލުގެ ތެރެއިން އިތުރު ދަރިވަރަކު ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ތިނަދޫ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

އަނިޔާލިބުނު ތުއްތު ކުއްޖާގެ ބައްޕަ މިނޫހަށް ބުނީ، ހާދިސާ ހިނގާފައިވަނީ މިއަދު ކަމަށާއި، ކުއްޖާގެ ލޯމަތިން ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. އަދި ކަކުލާއި އުޅަނބޮށިވެސް މަށައިގެން ގޮސްފައިވާކަމަށް އޭނާ ބުންޏެވެ.

އެކުއްޖާއަށް އަނިޔާވެފައިވަނީ، ޕީއޭ ގަޑީގައި ކުޅެން އުޅުމުގެ ތެރޭގައި އެސްކޫލްގައި ތަޢުލީމު ހާސިލްކުރާ ޚާއްޞައެހީއަށް ބޭނުންވާ ކުއްޖަކު ރުޅިއައިސްގެން އައިސް އެކުއްޖާ ކޮއްޕާލުމުން ވެއްޓި ކޮންކްރީޓް ގަނޑެއްގައި ކުއްޖާގެ މޫނުމަތި ޖެހިގެން ކަމަށް އެކުއްޖާގެ އާއިލާ މެންބަރަކު މިހޫނަށް ބުންޏެވެ.

އެކުއްޖާގެ ބައްޕަ މިހޫނާ ވާހަކަ ދައްކަމުން ބުނީ މިއީ އޭނާގެ ދަރިފުޅަށް އެސްކޫލުން އަނިިޔާލިބުނު ފުރަތަމަ ފަހަރު ނޫން ކަމަށާއި، މީގެ ކުރިން ދެތިން ފަހަރެއްގެ މަތިން އެކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެއްފަހަރެއްގައި ސިޑިން ކޮއްޕާލުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއްވެސް ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި އެއްފަހަރަކު އެކުއްޖާގެ ބަނޑުކޮޅުގައި ޖެހުމުގެ ސަބަބުންވެސް އަނިޔާތަކެއް ލިބިފައިވާކަމަށް އެކުއްޖާގެ ބައްޕަ ބުންޏެވެ.

ނުވަ އަހަރުގެ މިކުއްޖާއަށް ލިބުނު އަނިޔާތަކަށް އެޑްމިޓްކޮށް މިވަގުތު ފަރުވާދެމުންދަނީ ގދ.ތިނަދޫގައި ހުންނަ ހޮސްޕިޓަލުގައެވެ. ލޮލުގެ ކައިރިން މިހާ ބޮޑު އަނިޔާއެއް ލިބިފައިވީ ނަމަވެސް ލޮލަށް ގެއްލުމެއް ލިބުފައިވޭތޯ އެ ހޮސްޕިޓަލުން ބެލެން ނެތުމުން ވީ އެންމެ އަވަހަކަށް މާލެ ދިއުމަށް އެ ހޮސްޕިޓަލުން ވަނީ އިރުޝާދު ދެއްވާފައެވެ.

ކުއްޖާގެ ބައްޕަ ބުނީ އާސަންދަ ހެމަޖެހިފައި ނެތުމުން އަދި މާލެ ދެވޭގޮތް ވެފައި ނުވާކަމަށާއި، މާލެ ދެވޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ކުއްޖާއަށް ލިބުނު އަނިޔާތައް އެ ސްކޫލްގެ ވެރިންގެ އެދުމުގެ މަތިން ބޮޑު ކަމަކަށް ނުހަދައި ދޫކޮށްލި ނަމަވެސް މިފަހަރު އިންސާފު ނުލިބެނީސް ދޫކޮށްނުލާނެ ކަމަށްވެސް ކުއްޖާގެ ބައްޕަ ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރެވުނު މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
11

ހިޔާލު

  1. Ratu meeha

    Khaassa eheeah beynun vaa kujjaku hoadedhoo school grade 3 gai ulhey kan adhi kiriyaa mi engunee. Thee hoadedhoo schoolgai aanmu koh vaa kameh. Aniyaa kuraa kujjaa aniya ehen kudhinnah nukurevey gotheh nehedhey. Baeh dharivarun thibee nafsaanee shikaara akha vefa.

  2. ކަލޯ

    ތި ކޮންކަމެއްވާ ހޮސްޕިޓަލެއް

  3. lili

    Mee ekahala aniyaa eh libun furathama faharu noonkan engumun varah dheravejje ❤ avas shifa akah edhen

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް