ޓްރެފިކް ފުލުހުން ހއ.ހޯރަފުއްޓަށް 100 ދީފިއެވެ.
ޓްރެފިކް ފުލުހުން ވިދާޅުވީ، މިއަދު އެރަށުގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަނެއްގައި ބަލާފާސްކުރި ހުރިހާ އުޅަދަނކަށްވެސް 100 ލިބިފައިވާކަމަށެވެ.
އެގޮތުން އެރަށުގެ 15 ސައިކަލާއި، 2 ޕިކަޕްގެ އިތުރުން 1 ބަގީ މިއޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވާނެކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މިއޮޕަރޭޝަންގައި އެއްވެސް ފަރާތެއް ޖޫރުމަނާ ކުރަންޖެހިފައިނުވާއިރު، ފުލުހުންވަނީ ހއ.ހޯރަފުށީގެ ރައްޔިތުން ދެއްކި ރިވެތި ނަމޫނާ ފާހަގަކުރައްވާފައެވެ.
#HoarafushiPolice conducted a Traffic Operation today and checked 15 motorcycles, 2 pickups and 1 buggy. Everybody got ? and passed the test!? So nobody had to be fined making everyone very happy! Our respect goes to the exemplary locals of HA.Hoarafushi! ???????? pic.twitter.com/ux08z3ZxaV
— Maldives Police (@PoliceMv) August 4, 2019
ޓްރެފިކް ފުލުހުންގެ މިދިޔަ ހަފްތާގެ ތަފާސް ހިސާބު ދަށްކާގޮތުން ވެރިރަށް މާލޭގައި 134 އުޅަނދެއް ޗެކްކޮށްފައިވާއިރު، ޕާކިން ކުރުމުގެ ޤާވާޢިދާއި ޚިލާފުވެ 460 އުޅަނދެއްގައި ސްޓިކާ ޖަހާފައިވާއިވެއެވެ. އަދި 70 އުޅަނދުވަނީ ޓޯ ކޮށްފައެވެ.
އަދި މީގެ އިތުރުން މާލޭގައި މަގުމަތީ 49 އެކްސިޑެންޓް ހިނގާފައިވާއިރު، 11 މީހަކަށް އަނިޔާވެފައިވާކަމަށްވެސް މިތަފާސް ހިސާބުން ދައްކައެވެ.