ސައިކަލެއް ކޮންޓްރޯލް ނުވެގެން މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނފައިފިއެވެ.
ކުޑަ އިރުކޮޅެއް ކުރިން މާލޭގައި ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ އައިޖީއެމް ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނު މަގުގައެވެ.
މި އެކްސިޑެންޓްގައި ބޮޑުތަކުރުފާނުމަގުން ދުއްވާފަ ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޖެހިފައިވަނީ އެ މަގުގެ އަރިމަތީ އިންދާފައިހުރި ރުކެއްގައެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ އޮންލައިން ނޫސް "ވަގުތު" އިން ބުނީ މި އެކްސިޑެންޓްވި ސައިކަލުގައި ދެ މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކެއްގެ ފަޔަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އެމީހާ ބުންޏެވެ.