ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބުނު ޢާމްދަނީ %4 ދަށްވެއްޖެ

މިއަހަރުގެ ދެވަނަ ކުއާޓަރގައި ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު ޢާމްދަނީ %4 ދަށްވެއްޖެއެވެ. 

ރެމިޓެންސް ޓެކްސްއަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާޓެކުހެކެވެ. ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ޢާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން، އެކުއާޓަރގައި ރެމިޓެންސް ޓެކްސްގެ ގޮތުގައި 27 މިލިއަން ރުފިޔާވަނީ ލިބަފައެވެ. ހުސްވި އަހަރުގެ ދެވަނަ ކުއާޓަރުގައި ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 28 މިލިއަން ރުފިޔާއެވެ. މިއީ ހަތަރެއް އިންސައްތަ ދަށް ޢަދަދެކެވެ. 

ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޤާނޫނުގައިވާ ގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގޭނީ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިނެއް އިންސައްތައެވެ.

ބޭންކުތަކާއި ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތަކުން ރެމިޓެންސް ޓެކްސް ނެގުމަށްފަހު އެފައިސާ މީރާއަށް ދައްކަންޖެހެނީ ވިދިގެން އަންނަ މަހުގެ 15ވަނަ ދުވަހުގެ ކުރިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ