ބީއެމްއެލް

އޮގަސްޓް 14 ގައި ބީއެމްއެލް ހުޅުވާނެ

މި އީދުގެ މުނާސަބަތުގައި އަންނަ ބޮޑު ބަންދުގެ ތެރެއިން 14 ވާ ބުދަ ދުވަހު ގައުމީ ބޭންކް، ބީއެމްއެލްގެ ބްރާންޗްތައް ހުޅުވައި ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ އީދު ބަންދު ދުވަސްތަކުގެ ތެރެއިން މިމަހުގެ 14 ވަނަ ދުވަހު އެބޭންކުގެ ހުރިހާ ބްރާންޗެއް ހުޅުވަން ނިންމާފައިވާ ކަމަށެވެ.

އެެގޮތަށް ނިންމީ ދިގު ޗުއްޓީ ގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކަސްޓަމަރުން ބޭނުންވާ ބޭންކިންގެ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ބީއެމްއެލް އިން ބުނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ 46 ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް އީދު ބަންދުގައި ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި ފައިސާނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. ބޭންކުގެ އޭޓީއެމް ނެޓްވޯކާއި އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ހިދުމަތްވެސް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތްވެސް އީދު ބަންދު ތެރޭގައި ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް