ހާލުދެރަ ދެ ބަލިމީހުން އެމްއެންޑީއެފް އިން މާލެ ގެނެސްދީފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑް ސީއެމްބިއުލަންސްގައި ދެ ބަލިމީހުން މިރޭ މާލެ ގެނެސްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން މާލެ ގެނެސްދީފައިވަނީ ޅ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ ބަލިމީހުންނެވެ.

"ޅ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ 77 އަހަރުގެ ފިިރިހެނަކާއި، 39 އަހަރުގެ އަންހެނަކު ހާލުބޮޑުވުމާއި ގުޅިގެން، ޞިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ކޯސްޓްގާޑް ސީއެންބިއުލަންސްގައި މިރޭ 20:30 ހާއިރު މާލެ ގެނެސްދީފައިވާނެ." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ދެ ބަލިމީހުން މާލެ ގެނައިކަން ކަށަވަރުކޮށްދިން ނަމަވެސް، އެއީ ކޮން ކަމަކާ ގުޅިގެން ހާލު ސީރިއަސްވި ދެމީހުން ކަމެއް އެމްްއެންޑީއެފް އިން ހާމައެއް ނުކުރައްވައެވެ.

ޞިއްޙީ އަވަސް ފަރުވާއަށް މާލެ ގެންނަންޖެހޭ ފަރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަނޑާއި ވައިގެ މަގުން މާލެ ގެނައުމުގައި ދިވެހި ސިފައިން ދަނީ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.