"އަންވެއިލިންގ ވިޝަން 2019" އާރޓްފެސްޓިވަލް ރައީސް ބައްލަވާލައްވައިފި

މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން "އަންވެއިލިންގ ވިޝަން 2019" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްލަވާލައްވައިފިއެވެ.

ނެޝަނަލް އާރޓްގެލެރީގައި ކުރިޔަށްދާ މި މައުރަޒު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވުމުގެ އިތުރުން ބައެއް ކުރެހުންތެރިންނާ ބައްދަލުކުރައްވައި ކުރެހުންތަކާބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފައިވެއެވެ.

ނެޝަނަލް އާޓްގެލަރީގައި މިމަހުގެ 3 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މައުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންނާ އަލަށް މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ޖުމްލަ 58 ކުރެހުންތެރިން ބައިވެރިވެއެވެ.

މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީއިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ މި މައުރަޒު ބަލާލުމުގެ ފުރުޞަތު މިމަހުގެ 7 ވަނަ ދުވަހާއި ހަމައަށް އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް "އަންވެއިލިންގ ވިޝަން" ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ ތިންވަނަ އަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ