ޓަގު ބޯޓުގެ އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރަން - ފުލުހުން

ޓަގު ބޯޓުގެ އެއްވެސް މީހަކު މިހާތަނައް ހައްޔަރު ކޮއްފައި ނުވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޓަގްބޯޓެއްގައި ފިލައިގެން ގޮސް، އިންޑިއާގެ ސަރަހައްދަށް ވަދެގެން އުޅެނިކޮށް އިންޑިއާއިން ހިފެހެއްޓި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދަތުރުކުރި “ވާގޯ 9″ މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ފުލުހުން ވިދާޅުވީ، މި ޓަގް ބޯޓާއި ގުޅޭ މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި ތަހުގީގައް މި ޓަގު ބޯޓު ރާއްޖެ އައުމުން ހިފަހައްޓައި ދެއްވުމަށް މޯލްޑިވްސް ކަސްޓަމުގައި އެދިލައްވާފައި ވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ބޯޓު ދަތުރުކުރި ޓްރެކް ރެކޯޑުތަކުން އެނގޭ ގޮތުގައި އެ ބޯޓު ރާއްޖެއަށް އައިސްފަނީ އިންޑިއާގެ ޓުޓިކޮރިންއެވެ. މި ބޯޓާއި ގުޅޭގޮތުން ފުލުހުން ބަލަމުންދަނީ ސީދާ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. ފިލައިގެން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް ހައްޔަރުކޮށްފައި ވަނީ "ވާގޯ 9" ގައި އޭނާ ހުއްޓައެވެ. އަދީބު މާލެ ގެނެސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ މިހާރު ހުންނެވީ ފުލުހުންގެ ބަންދުގައެވެ. ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ ބަންދަށް 15 ދުވަސް ޖަހާ ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް