ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފިއެވެ.

ކަސްޓަމްސްއިން އިތުރަށްވިދާޅުވީ އެސަރވިސްގެ ބޮންޑެޑް ވެއާހައުސްގައިހުރި މިތަކެތި ނައްތާލާފައިވަނީ 05 އޮގަސްޓް 2019 ވީ ހޯމަ ދުވަހު ކަމަށެވެ.

ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި މިތަކެތި ނައްތާލާފައިވަނީ ކަސްޓަމްސްގެ އޮފިސަރުންނާއި، މީޑިއާގެ ޙާޟިރުގައިކަމަށްވެސް ކަސްޓަމްސްއިންވަނީ ވިދާޅުވެފައެވެ.

އެގޮތުން އެދުވަހު ނައްތާލެވިފައިވަނީ 13،191.65 ކިލޯގްރާމްގެ އޫރުމަހާއި، 1،610.01 ލީޓަރު ބަނގުރަލެވެ.

އަދި މިތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާޢިދުގެ 264 ވަނަ މާއްދާއާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި އެސަރވިސްއިން ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތިކަމަށްވެސް ކަސްޓަމްސްއިންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ