މީހަކު ވަގަށް ބަނބުކެޔޮ ކަނޑަން ގަހަށް އަރައި އުޅެނިކޮށް ގަހުގެ ގޮފިގަނޑަކާއެކު ވެއްޓި އަނިޔާވެ ސީރިއަސް ހާލަތުގައި އޮތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފުތާ ތެރޭ ކުޅުދުއްފުށީގައި ހިނގި މިހާދިސާގައި ގަހުން ވެއްޓި، މައިބަނދައަށް އަނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނަކަށެވެ. އެނގިފައިވާގޮތުގައި އޭނާއަކީ އެފަދަ ތަފާތު ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
އޭނާއަށް ފުރަތަމަ ފަރުވާދީފައި ވަނީ ކުޅުދުއްފުށި ހޮސްޕިޓަލްގައެވެ. އަދި މިހާރު އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސް މިހާރު ފަރުވާދެމުން ދަނީ އައިޖިއެމް ހޮސްޕިޓަލްގައި ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ހަށިގަނޑުގެ މައިބަނދައަށް އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުންއިން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހިޔާލު
Naseebehnnu maamulah gehllumeh nulibunukan.
ކޮމެންޓް ކުރުން ބަންދު