ކަޝްމީރުގެ އިސް ސިޔާސީ ލީޑަރުން ގޭބަންދުކޮށް ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލައިފި

ޖައްމޫ އެންޑް ކަޝްމީރުގެ އިސް ސިޔާސީ ލީޑަރުން ގޭބަންދުކޮށް ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން މިއަދު އުވާލައިފިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިގައި ވާހަކަ ދައްކަމުން އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ، އެގައުމުގެ ރައީސް ކަޝްމީރާއި އިންޑިއާގެ އެހެން ސްޓޭޓުތަކާ ދެމެދުގައި އޮންނަ ތަފާތުތަކަށް ބާރު ލިބޭ، ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލެއްވިކަން އިއުލާނުކުރައްވާފައެވެ.

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު

މިމާއްދާ އުވާލުމާއެކު އިންޑިއާގެ އެހެން ސްޓޭޓުތަކުގެ ރައްޔިތުންނަށް ކަޝްމީރުގެ ރަށްވެހިކަން ލިބިގެން ދާނެއެވެ. އަދި ކަޝްމީރުގެ މީހުން ނޫން މީހުންނަށް އެ ސްޓޭޓުން ބިން މިލްކު ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ކަޝްމީރުގެ ސިޔާސީ ލީޑަރުން ދެކިލައްވާ ގޮތުގައި މައި ސަރުކާރުން ގާނޫނު އަސާސީގެ މިމާއްދާ އުވާލައިފައިވަނީ ކަޝްމީރުގައި އެހެން ދީންތަކުގެ މީހުން އާބާދު ކުރުމުގެ ބޭނުމުގައެވެ. އަދި ސަރުކާރުގެ މި ނިންމުމާއި ގުޅިގެން އެސަރަހައްދުގައި ހަމަނުޖެހުން ހިނގުން މެދުވެރިވެދާނެ ކަމަށްވެސް މިފަރާތްތަކުން ދެކިލައްވައެވެ.

ޖައްމޫ އެންޑް ކަޝްމީރަކީ އިންޑިއާގެ ހަމައެކަނި މުސްލިމް ސްޓޭޓެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ މިނިންމުމާއެކު މިކަން ބަދަލުވެގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ