ވެލިގަނޑު ރިސޯޓްއަށް ދަތުރުކުރި ލޯންޗެއް ދިޔަވަނީ

އއ. ވެލިގަނޑު ރިސޯޓަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ދިޔަވާން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މި ލޯންޗް ދިޔަވެ އަޑިއަށް ދާކަމަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 12:23 އެހާކަންހާއިރުއެވެ. ދިޔަވަމުން ދަނީ ބެލްޓާ އެކްސްޕްރެސް ނަމަކަށް ކިޔާ ލޯންޗެކެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓްގާޑް ސްކޮޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ލޯންޗުން 11 މީހުން އެވަގުތު ތިބި ކަމަށާއި، މި 11 މީހުންވެސް މެރިން ޕޮލިސްގެ އެހީތެރިކަމާއެކު މިހާރު ވަނީ މާލެ ގެންގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެ ސަރަހައްދުން ދަތުރު ދަތުރު ކުރި 'އަޒުމް' ނަމަކަށް ކިޔާ ދޯންޏެއްގެ އެހީތެރިކަމާއެކު ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ލޯންޗްގެ ވެރި ފަރާތުން މިހާރު ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް