ކަޝްމީރުގެ މައްސަލައިގައި ރާއްޖެއިން އިންޑިއާގެ ނިންމުމަށް ތާއީދުކޮށްފި

ކަޝްމީރުގެ އިންޑިއާޔާ ވީފަޅި ކަމަށްވާ ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތައް އިންޑިޔާއިން އުވާލި އުވާލުން ދިފާއުކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، އާރޓިކަލް 370 އާއި ގުޅޭގޮތުން އިންޑިއާއިން ނިންމި ނިންމުން ދިވެހި ސަރުކާރުން ދެކެނީ އެއީ އިންޑިއާގެ ދާހިލީ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި ދިވެހި ރާއްޖެއިން ދެކެނީ ކޮންމެ މިނިވަން މުސްތަގިއްލު ގައުމަކަށްވެސް އެގައުމެއްގެ ގާނޫނުތަކަށް އެގައުމަކުން ބޭނުންވާ ބަދަލުތައް ގެނެވޭނެ ކަމަށެވެ. 

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާއަކީ ޖައްމޫ އެންޑް ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ އެކެވެ. މިމާއްދާއިން ލިބިދޭ އިމްތިޔާޒު ތަކުގެ ތެރޭގައި އެހެން ސްޓޭޓުތަކުގެ ރައްޔިތުންނަށް ކަޝްމީރުގެ ރަށްވެހިކަން ނުލިބުމުގެ ފުރުސަތާއި، ކަޝްމީރުގެ މީހުން ނޫން މީހުންނަށް އެ ސްޓޭޓުން ބިން މިލްކު ނުކުރެވުމާއި އެ ސްޓޭޓުގެ ސަރުކާރުން ވަޒީފާގެ އިތުރުން ސްކޮލަޝިޕް ފަދަ ތަކެތި ނުލިބުން ހިމެނެއެވެ.

އިންޑިއާގެ މިނިންމުމާއި ދެކޮޅު ހަދާ ފަރާތްތަކުން ދެކޭ ގޮތުގައި އިންޑިއާއިން މިފަދަ ނިންމުމެއް ނިންމައިފައި މިވަނީ އިންޑިއާގެ ހަމައެކަނި މުސްލިމް މެޖޯރިޓީ އޮންނަ ސްޓޭޓް ކަމަށްވާ ޖައްމޫ އެންޑް ކަޝްމީރުގެ އެ މެޖޯރިޓީ ދުއްވާ ލުމެވެ.

އިންޑިއާގެ މިނިންމުމާއި ދެކޮޅު ހެދި ގައުމުތައް ކަމަށްވާ އެމެރިކާ، ތުރުކީ، އަދި ޕާކިސްތާނުން ދެކޭ ގޮތުގައި މިނިންމުމުގެ ސަރަހައްދުން މިސަރަހައްދުގައި ހަމަނުޖެހުން ހިނގުމުގެ ފުރުސަތު ބޮޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ