ދެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައަރާފާނެކަމަށް ލަފާކޮށް ދިވެރިރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވިދާޅުވެފައި ވަނީ މިއަދު 15:00 އިން އިރުއޮއްސި 19:00 އާ ދޭތެރޭ އުދަ އެރުމުގެ ފުރުޞަތު މެދުރާއްޖެ ތެރެއަށާއި ތުރުގެ އަތޮޅުތަކަށް އޮތް ކަމަށެވެ.
އުތުރުގެ އަތޮޅުތަކަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާނީ ހަވީރު 16:00 ގައެވެ. މެދު ރާއްޖެތެރެއަށް ދިޔަވަރު އެންމެ ބޮޑު ވާނީ ހަވީރު 16:49 ގައެވެ. ދެކުނުގެ އަތޮޅުތަކަށް މިއަދު ދިޔަވަރު އެންމެ ބޮޑު ވެފައިވަނީ ހެނދުނު 06:02 ގައެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ކަނޑު ގަދަ ދުވަސްވަރެކެވެ. މީގެ އިތުރުން މެޓް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި ކުރިޔަށް އޮތް ޢީދުވެސް ވާނީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަސްކޮޅަކަށެވެ.
ޢީދު ބަންދަކީ ގިނަ ބަޔަކު ދަތުރު ފަތުރުކޮށް އުޅޭ ދުވަސްވަރެއް ކަމުން ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވެ ރައްކާތެރި ވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.



