މަޖިލީހުގެ ޖަލްސާއެއްގައި ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

މަޖިލިސްގެ 8 މެމްބަރަކު ޑީއާރުޕީއާއި ގުޅޭނެކަމުގެ އިޝާރާތެއް

މަޖިލިސްގެ 8 މެމްބަރަކު ޑީއާރުޕީއާއި ގުޅޭނެކަމުގެ އިޝާރާތެއް ޑީއާރުޕީގެ ރައީސް، ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްވައިފިއެވެ.

މިވަގުތު ޑީއާރުޕީއިން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، މަޖިލިސްގެ 8 މެމްބަރަކު ޑީއާރުޕީއާއި ގުޅޭނެކަމަށާއި، އެކަން ހާއްސަ އިވެންޓެއް ބޭއްވުމަށްފަހު އިއުލާންކުރެވިގެންދާނެކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖާބިރު އިތުރަށް ވިދާޅުވީ މިހާރު ރައްޔިތުން ޑީއާރުޕީ ބަލައިގެންފި ކަމަށާއި ޕާޓީ މިހާރު އެކްޓިވޭޓް ވާން ފަށައިފިކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވަރަށް އަވަހަށް ޑީއާރުޕީވެގެން ދާނެ ކަމަށްވެސް ޖާބިރު މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުހައްމަދު

    ސާބަހޭ!!!!؛

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ