ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އަށް 3000 މެމްބަރުން ހަމަވެފައިވާކަން އެ ޕާޓީން އިއުލާންކޮށްފިއެވެ.
ޑީއާރުޕީއަށް 3000 މެންބަރުން ހަމަވެފައިވާކަން އިއުލާންކޮށްފައިވަނީ ދާދި ދެންމެ އަކު އެ ޕާޓީން މޫކައި ހޮޓެލްގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގް ރައީސް އަބްދުﷲ ޖާބިރުއެވެ.
އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ޑީއާރުޕީގެ ލީޑަރަށް ފޮނުއްވި ސިޓީއެއްގައި ވަނީ އިލެކްޝަން ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި އެޕާޓީއަށް މިހާރު 3000 މެންބަރުން ހަމަވެފައިވާ ކަމަށެވެ.
"އަޅުގަނޑު މިހާރު ތިޔަ ބޭފުޅުނާއި މި ބައްދަލު ކުރަނީ ނުހަނު އުފާވެރިކަމާއި އެކު މިހާރު ޑީއާރުޕީ އަކީ 3000 މެންބަރުންގެ ޕާޓީއެއް " ޖާބިރު ވިދާޅުވިއެވެ.