އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް "މޫލީ" މިރޭ އިފްތިތާހް ކޮށްފިއެވެ.
މޫލީ އިފްތިތާހް ކޮށްދެއްވީ މިކަމަށްޓަކައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.
އުރީދޫއިން މައުލޫމާތު ދޭގޮތުގައި މޫލީ އަކީ މުޅި ރާއްޖެއަށް ޑެލިވަރީގެ ހިދުމަތްދޭ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިކުރުމުގެ އިތުރުން ވިޔަފާރިވެރިންނަށްވެސް އެމީހުން ބޭނުންވާ މުދާ ވިއްކުމުގެ ފުރުސަތު ލިބޭނެއެވެ.

އުރީދޫ ކުންފުނީގެ ސިއީއޯ ނަޖީބް ޚާން ވިދާޅުވީ މި ހިދުމަތަކީ ދުނިޔޭގެ މަޝްހޫރު އީ ކޮމާސް ޕްލެޓްފޯމް ކަމަށްވާ އެމެޒޯން ފަދަ ހިދުމަތެއް ކަމަށެވެ.
މިގޮތުން މޫލީ ބޭނުންކުރާ ފަރާތްތަކުގެ މުއާމަލާތްތަކުން ދަސްކޮށް، އެންމެ ގުޅޭ ކޮންޓެންޓް ހޯދުމަށް މި ޕުލެޓް ފޯމްއިން އެހީތެރިވެ ދޭނެއެވެ.