ބްރަދާސް މޮޓޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާލޭގައި ހުންނަ ބްރަދާސް މޮޓޯގެ އޮފީސް ފަޅާލައިގެން ރޭ ދަންވަރު ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު މިއަދު 8:34 ހާކަންހާއިރު ފުލުހުންނަށް ހުށައެޅިކަމަށެވެ.
ބްރަދާސް މޮޓޯގެ އޮފީސް ފަޅާލައިގެން އެ އޮފީހުގައި ހުރި ގިނަ އަދަދެއްގެ ޑޮލަރާއި ދިވެހި ރުފިޔާ ވަގަށް ނަގާފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މީގެ އިތުރުން ރޭ ދަންވަރުގެ ވަގުތެއްގައި މާފަންނުގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަހައްޓާފައިވާ 33 ނަރު ރޯލު ވަގަށް ނަގައިފާކަމަށް މިއަރު 8:20 ގައި ފުލުހުން ރިޕޯޓު ކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި ދެމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.
ނަމަވެސް ފުލުހުން މިހާރުދަނީ މި ދެ މައްސަލަ ތަހުޤީގުކުރަމުންނެވެ.